ކޭއާރުއެޗްގެ ފުރަތަމަ ލެޕްރޮސްކޯޕިކް ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި

ޚަބަރު ފަހުގެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުރެވުނު ފުރަތަމަ ލެޕްރޮސްކޯޕިކް ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ލެޕްރޮސްކޯޕިކް ސާޖަރީތައް ކުޅުދުއްފުށީގައި ކުރިޔަށް ގެންދަނީ ޕްލާސްޓިކް ސާރޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު އަދި ލެޕްރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާޖަން، ޑރ. އަބްދު ﷲ ލީޑުގެ ދަށުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ނޮވެންބަރު މަހުގެ 6 އިން 9 އަށް މިފަދަ އޮޕަރޭޝަންތައް ކޭއާރުއެޗްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު، ލެޕްރޮސްކޯޕިކް ސާޖަރީތައް ފެށިގެން ދިއުމަކީ، މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމެކެވެ.

ލެޕްރޮސްކޯޕިކް ސާޖަރީ އަކީ ބަނޑު ކެފުމާ ހިލާފަށް، ބަނޑުގައި ލޯވަޅުތަކެއް އަޅައި، ކެމެރާ ލައްވައި ބަލައިގެން، ކުދި އޮޕަރޭޝަން އާލާތް ބޭނުންކޮށްގެން ކުރާ މި އޮޕަރޭޝަނުގެ ސަބަބުން ބަލިމީހާ ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަންޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދުވެ ނުވަތަ ކުޑަވެގެން ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ