ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ޚަބަރު ފަހުގެ

ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެންޑީއެފއ އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ދ. ހުޅުދެލީ ބޭރުން ދެ ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، “އުންބުޝޭމު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ގޮސް ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 06:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެ ދޯންޏަކީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ދޯންޏަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ވަނީ ސީ އެމްބިއުލާންސްގައި އެ ދޯނި އޮތް ސަރަހަށްދަށް ގޮސްފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސެއިލަރުންގެ އެހީތެރިކަމާއެކު ދޯނީގެ ހުންގާނު މެނުއަލްކޮށް ބޭނުންކޮށްގެން އެ ދޯނި މިހާރު ވަނީ ދ.ހުޅުދެއްޔަށް މިއަދު 09:30 ހާއިރު ގެންގޮސްދީފައެވެ.

މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ