މަހަށް ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

ޚަބަރު ފަހުގެ

މަހަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ. މަރުވީ ކ. ގުޅި އަށް ނިސްބަތްވާ މުހައްމަދު އަކްރަމް، 33، އެވެ.

އޭނާ މަރުވީ އާންމުކޮށް މަހަށް ގޮސް އުޅޭ “ސަވޭރާ” ދޯނީގައި ބ. ތުޅާދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށް މެއަށް ތަދެއް އަރައި ނޭވާލާން އުނދަގޫވެގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމާ ގުޅިގެން އެމްޑީއެފް ކޯސްޓް ގާޑަށް ރިޕޯޓްކޮށް، ބ. އަތޮޅު ހޮސްޕިޓަލަަށް އަކްރަމް ގެންދިޔަ އެވެ. ކޯސްޓް ގާޑުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 10:39 ހާއިރު ކަމަށެވެ.

އެތަނަށް ގެންދިޔަ އިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ