މެސީ ބާސާގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތެއް މެސީގެ ސަޕޯޓަރުންގެ ހިތަށް ފިނިކަމެ

ކުޅިވަރު ފަހުގެ

ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ލިއޮނަލް މެސީ ބުނެފައިވީ ނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނަށް އޭނާ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އިއްޔެ އާއި މިއަދު މެސީގެ ޓްރާންސްފާއާ ގުޅޭގޮތުން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އަދި ބޯޑް މެމްބަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މިއަދު ބޭއްވުނު ބައްދަލުވުންތަކަށް ފަހު ސްޕެއިނުގެ މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޖޯޖް މެސީ ވަނީ އަންނަ ސީޒަނުގައި މެސީ ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެސީ އުމުރުން 17 އަހަރުން ފެށިގެން ކުޅެމުން އަންނަ ކުލަބަކީ ބާސެލޯނާއެވެ. 2004 ވަނަ އަހަރުން ފެށިގެން މެސީ އަންނަނީ ބާސެލޯނާގެ ސީނިއާ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ.  އަދި ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ވެސް މެސީ ވަނީ ބައިވެރި ވެފައެވެ.

މެސީ ބާސެލޯނާ ދޫކޮށް ދާން އުޅުނު ކަމުގައި ވިޔަސް މެސީގެ ޓްރާންސްފާ ކްލޯސް އަކީ 700 މިލިއަން ޔޫއެސް ޑޮލަރެވެ. މެސީ އަށް ފްރީ ޓްރާންސްފާއެއްގައި ޓީމު ދޫކޮށް އެހާ ފަސޭހައިން ނުދެވޭނެ ކަމަށް ލަލީގާ އިންވެސް ވަނީ ބުނެފައެވެ.

މެސީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެ ކަމުގައިވެސް މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އަދި ހަމަ އެހެންމެ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމުގެ ހަބަރުތަކެއްވެސް ފެތުރުނެވެ. ނަމަވެސް މިއިން އެއްވެސް ވާހަކަ އަކީ ޔަގީން ވާހަކަތަކެއް ނޫނެވެ. ފުޓުބޯޅައިގެ ޓްރާންސްފާގެ ވާހަކަތަކުގެ މިސްރާބު ހުންނަ ގޮތަކީ އަބަދުވެސް މިއީއެވެ.

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީ ނަމަވެސް މެސީ ބާސެލޯނާ ދޫކޮށް ގޮސްފިނަމަ ލަލީގާއަށް ވެސް ވަރަށް ބޮޑު ފަޅު ކަމެއް ލިބި ބާސެލޯނާގެ އެތައް ސަޕޯޓަރުންނެއް ރޮއްވާލާނެ ކަން ޔަގީނެވެ. މެސީ ބާސެލޯނާގައި މަޑު ކުރުމަކީ އެ ސަޕޯޓަރުންނަށް ލިބޭނޭ އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ