މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި

ޚަބަރު ފަހުގެ

ށ. މާއުނގޫދޫގައި ބޮޑު މާރާމާރީއެއް ހިންގައި އެކެއްގެ ބަނޑަށް ވަޅި ހަރައިފި އެވެ.

މާއުނގޫދޫ ކައުންސިލުގެ ނައިބު ރައީސް މޫސާ ހަސަން މީޑިއާތަކަށް ވިދާޅުވީ، ރޭ ދަންވަރު 12:30 އެހާކަންހާއިރު އެ މާރާމާރީ ހިންގީ ތިން މީހެއްގެ ދެމެދުގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާރާމާރީގައި ދެ މީހަކަށް އަނިޔާވި އިރު، އެކަކުގެ ބަނޑަށް ވަޅި ހަރާފައިވާ ކަމަށާއި އަނެއް މީހާގެ ވައަތު އަތް ތިލައަށް ވަޅި ހަރާފައިވާ ކަމަށް ވިދާޅުވި އެވެ.

މޫސާ ހަސަން ވިދާޅުވި ގޮތުގައި، ބަނޑަށް ވަޅި ހެރި މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު، އޭނާގެ ގޮހޮރުވެސް އޮތީ ބޭރަށެވެ. އަދި މަރުކަޒުން ފަރުވާ ދިނުމަށްފަހު، ދެން ގެންދިޔައީ ފުނަދޫ ހޮސްޕިޓަލަށް ކަމަށާއި އެތަނުން މިހާރު އެ މީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މި މާރާމާރީގައި ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ