ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އާ ބަސް ރޫޓެއް

ޚަބަރު ފަހުގެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ދެމުން އަންނަ އާރްޓީއެލް ބަހުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަން ތާވަލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރް5 ގެ ނަމުގައި ތައާރަފު ކޮށްފައިވާ އާ ރޫޓުން ދަތުރުތައް ފަށާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާ ގުޅުވައިދިނުމުގެ ބޭނުމުގައި ތައާރަފްކުރާ ރޫޓެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ބަސް ރޫޓުގެ ދަތުރުތައް ހެނދުނު 5:45ން ފެށިގެން ހަވީރު 6:00ށް ކުރަން ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ ކޮންމެ ބަސް ސްޓޮޕަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓުން ލިބޭނެއެވެ. އެކަމަކު ހުކުރު ދުވަހު ނަމާދު ވަގުތަށް ހެނދުނު 10:00ން މެންދުރު 1:00ށް މެދުކެނޑޭނެއެވެ.

އަލަށްފަށާ ބަސް ރޫޓާއެކު އެމްޓީސީސީން ގްރޭޓަރ މާލެ ސަރަހައްދުގެ 12 ރޫޓެއްގައި ބަސް ދަތުރުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަސް ދަތުރުތަކަށް ނަގަނީ ފަސް ރުފިޔާއެވެ. ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރްޓީއެލް ވެބްސައިޓުންނާއި އެޕްލިކޭޝަން ބޭނުންކޮށް ޓިކެޓް ނެގޭނެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން، އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުންވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

މީގެ އިތުރުން ޔުނީފޯމުގައި ތިބޭ ސްކޫލް ކުދިންނަށްވެސް އާރްޓީއެލްގެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ