ބާސިލޯނާ ދޫކޮށް އީވާން ރަކިޓިޗް އަނބުރާ ސެވިއްޔާއާ…

ކުޅިވަރު ފަހުގެ

ހަ އަހަރަށް ފަހު، ބާސިލޯނާ ދޫކޮށް އީވާން ރަކިޓިޗް އަނބުރާ ސެވިއްޔާއާ ގުޅިއްޖެއެވެ.

ރަކިޓިޗް ސެވިއްޔާއާ ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ބާސާއަށް 1.5 މިލިއަން ޕައުންޑު ލިބޭނެއެވެ. އަދި ޕާފޯމެންސް ރިލޭޓެޑް ވޭރިއަބަލްސް ގޮތުގައި ނުވަ މިލިއަން ޕައުންޑް އިތުރަށް ސެވިއްޔާއިން ދައްކަން ޖެހޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަކިޓިޗް 2013-2014 ވަނަ އަހަރުގައި ސެވިއްޔާގެ ކެޕްޓަނަކަށް ހުރެ ޔޫރަޕާ ލީގު ކާމިޔާބުކުރި އިރު އޭނާ އެ ކްލަބާ ގުޅުނީ ދާދި ފަހުން ބާސެލޯނާގެ ކޯޗުމަކާއި ހަވާލްވި ކޫމަން އޭނާއަށް ޓީމުން ޖާގަ ނުލިބޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.

2014 ވަނަ އަހަރުގައި ރަކިޓިޗް ބާސާއާ ގުޅި ހަ އަހަރު ތެރޭގައި ވަނީ 13 ތަށި ކާމިޔާބު ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ބާސާއާ އެކު ޗެމްޕިއަންސް ލީގު، ހަތަރު ލަލީގާ އަދި ހަތަރު ކޮޕަޑެލްރޭ ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން އެއް ކުލަބް ވޯލްޑް ކަޕް، ޔޫރަޕިއަން ސުޕަ ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. ބާސާގެ މިޑްފީލްޑުގައި އިސް ދައުރެއް އަދާކޮށްފައިވާ ރަކިޓިޗް ވަނީ އެ ޓީމަށް 310 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އުމުރުން 32 އަހަރުގެ ރަކިޓިޗް ބާސާ ދޫކޮށްލި އިރު އޭނާގެ އިތުރަށް ބާސާގެ ފުރަތަމަ 11 ގެ މުހިއްމު އެހެން ކުޅުންތެރިން ވެސް އެ ކުލަބް ދޫކޮށްލަން ބުނެފައިވާ ކަމުގައި ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބާސާަ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު އޭނާ ދެން ގުޅޭނޭ ކުލަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ