އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ޚަބަރު ފަހުގެ

ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފި އެވެ.

ހޯމް މިނިސްްޓްރީން ކުރި ޓްވީޓެއްގައި ބުނީ 10 މީހަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ދައުވަތު އެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ ޖަލްސާއަށް ވަޑައިގެންދެއްވުން އެދެން،” ހޯމް މިނިސްޓްރީގެ ޓްވީޓުގައިވެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލަސާގައި ރައީސް ޞާލިޙް ގައުމާ މުހާތަބު ކުރައްވާނެއެވެ. މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި ޖަލްސާގައި އިނާމް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރޭ އަލިފާނުގެ ހާދިސާގައި އިންޑިއާގެ ނުވަ މީހަކާއި ބަންގްލާދޭޝް މީހަކު މަރުވެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ