މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވެފައިވަނީ ހ. އޮފްރޯޑް ފިހާރަ ކައިރީގައ ހުރި ގެއެއްގެ ގުރައުންޑް ފްލޯގަ އެވެ.
ހަދިސާގެ ރިޕޯޓް ލިބުނީ 21:23 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެމްއެންޑީއެފުން ބުނީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ރޯވީ ހ.ސާޒް ނަމަކަށް ކިޔާ ގެއެއްގައި ހުރި ކުނިތަކެއްގައެވެ. މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.


