މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި އަށް ފިރިހެނުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އާންމުން ދަންނަ މަޝްހޫރު ބަޔަކު ހިމެނެ އެވެ.
ފުލުހުންގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތެވެ.
އެ އޮޕަރޭޝަނަކީ އާންމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ


