މިސްރުގައި ބާއްވާ އިމާމް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

މިސްރުގައި ބާއްވާ އިމާމް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާނީ އެ ކޯހުގެ މަގްސަދަކީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ކޯހަކީ މިސްރު ސަރުކާރުގެ ފަރާތުން ހުރިހާ ހަރަދެއް ކުރާގޮތަށް ހިންގާ ތަމްރީން ކޯހެއް ކަމަށާއި އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މިސްރުގެ ވެރި ރަށް ގާހިރާގައެވެ. މިއީ 2 މަސް ދުވަހުގެ ކޯހެކެވެ.

ކޯހަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމުގައި އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާއަށް ބަލާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެޕްރިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ. އެތަކެތި ހުށަހަޅަން ޖެހޭތީ މިނިސްޓްރީއަށެވެ.

ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތަކަކީ:

1- އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުން
ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވުން
2- ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން
3- ދީނީ ތަގްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ