ޕާކިސްތާން ބަލިކޮށް އިންގްލަންޑުން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޕާކިސްތާނުގެ މައްޗަށް އިންގްލަންޑުން ކުރިހޯދީ ފަސް ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން އިންގްލަނޑުން ނިންމީ ފީލްޑް ކުރަންށެވެ. ޕާކިސްތާނުން ކުޅެންއަރާ 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ.
ޖަވާބުގައި އިންގްލަންޑުން ކުޅެންއަރައި 19 އޯވަރުގެ ތެރޭގައި ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަމަކޮށް މެޗުން މޮޅުވެފައެވެ.
މިއީ 2010 ވަނަ އަހަރަށްފަހު އިންގްލަންޑަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.


