މިމަހުގެ 9 ވަނަ ދުވަހުގެ ރޭ މާލޭގައި އަލިފާނުގެ ޙާދިސާ ހިނގި ގަރާޖު ހިންގަމުންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުުހުން ވިދާޅުވީ އެ ގަރާޖު ހުޅުމާލެއަށް ބަދަލު ކުރުމަށް ދެފަހަރެއްގެ މަތިން އަންގާފައިވާ ކަމަށެވެ. އަދި އެ ގަރާޖު ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ ގަރާޖުގައި މިދިޔަ މެއި މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެކަން ތަހުގީގުކުރެވި އެ ފަރާތުން މައްސަލަ ހައްލުކުރުމަށް އެ ފުރުސަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއަކީ ބަޔަކު ގަސްތުގައި ރާވައިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި އެ ގަރާޖު ފްލޯތައް ވަކިކޮށްފައި ހުރީ ފިލައިން ކަމަށާއި އެ ގެއަކީ ބޭރުންވެސް މީހުން ގޮސް އުޅޭ ގެއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.


