ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ނުދެއްކޭނެ: މީޑިއާނެޓް

ޚަބަރު ފަހުގެ

މީޑިއާނެޓުގެ ހުއްދަ ނެތި، ޕްރޮޖެކްޓަރު ބަހައްޓައިގެން އާންމު ތަންތަނުގައި ވޯލްޑްކަޕުގެ މެޗުތައް ނުދެއްކޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާނެޓަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީޑިއާނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީ އެވެ.

ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއްކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ބުނީ ކެފޭތަކާއި، ރެސްޓޯރެންޓުތައް ފަދަ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން މީޑިއާނެޓުގެ ހުއްދަ ނަގައިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އެތަންތަނަށް އެބައޮތްކަމަށެވެ. މި ބަޔާނުގައި މީޑިއާނެޓުން އިތުރަށް ބުނެފައިވަނީ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން އަދި އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެންވިއަސް ވޯލްޑްކަޕްގެ މެޗްތައް ލައިވް ކުރުމަކީ މަނާކަމެއްކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލްތަކާ ޚިލާފަށް ވޯލްޑްކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނޭކަމަށް މީޑިއާނެޓުން ވަނީ އިންޒާރުދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ