ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފަށަނީ

ޚަބަރު ފަހުގެ

ފުލުހުން ޓޭޒާ ގަން މިއަހަރުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ޙަމީދު ވިދާޅުވީ މި ވަޞީލަތުގެ ބޭނުން އަންނަ އަހަރުގެ ތެރޭގައި ފެށުމަށް އުސޫލު ހަދައި ގެޒެޓް ކޮށްފައިވާ ކަމަށާއި މި ވަސީލަތް ބޭނުން ކުރަނީ ފުލުހުންގެ ހިންގާ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“މިއީ ޕޮލިހުންނާއި އާންމުން ދެފަރާތުގެ ރައްކާތެރިކަމަށް ވިސްނާފައި އެޅި ފިޔަވަޅެއް. ޓޭޒާ ގަން ބޭނުންކުރުން މާރައްކާތެރި މުގުރަކުން ގޮސް ޖެހުމަށް ވުރެ. ޕެޕާ ސްޕްރޭ ބޭނުން ކުރުމަށް ވުރެ ވެސް.” ސީޕީ ވިދާޅުވި އެވެ.

ފުލުހުން ބޭނުން ކުރަން ތައްޔާރުވާ ޓޭޒާ ގަންއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. ޓޭޒާ-7ގެ މި ގަންއަކީ މިމޮޑެލްގެ އެންމެފަހުގެ ވާޝަން އެވެ. ޓޭޒާ ގަން ޖެހުމާއެކު ގާތްގަނޑަށް ފަސް ވަރަކަށް ސިކުންތުގެ ތެރޭގައި މީހާގެ ހަރަކާތް ހުއްޓި ފުލުހުންނަށް އޭނާ ބެލުމުގެ ދަށަށް ގެނައުމަށް ފަސޭހަވެ އެވެ.

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ތައްޔާރުވަނީ 25 ޓޭޒާ ގަން އާއި އެކު އެވެ. އެގޮތުން ދެ ބެޗަކަށް ބަހާލައިގެން 20 ފުލުހަކަށް ވަނީ ގަން ބޭނުން ކުރާނެ ގޮތުގެ ތަމްރީނުތައް ދީފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ