ނަށަން ދަސްކޮށްދޭން ދެކޮޅުހެދި އުކުޅަހު 3 ޓީޗަރަކު ސަސްޕެންޑް ކޮށްފި

ޚަބަރު ފަހުގެ

އއ. އުކުޅަހު ސްކޫލުގައި ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރަކު ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައިއެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައި ވަނީ ޕްރީ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސަސްޕެންޑް ކުރިކަން އަންގާ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވާ ފޮނުވި ލިޔުމުގައި ބުނީ، އެ ޓީޗަރުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ އަދި ޒިންމާ އަކީ ގައުމީ މަންހަޖާ އެއްގޮތަށް އަމަލުކުރުން ކަމަށާއި ނަމަވެސް ގައުމީ މަންހަޖާ އެއްގޮތަށް އެ ގްރޭޑްތަކުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލްވާނެހެން ކުރަން ޖެހޭ ކަންކަމަށް ދެކޮޅު ހަދައި އެކަންކަން ދަރިވަރުންނަށް ރާވައި ހިންގުމަށް އެ ޓީޗަރުން ފާޅުގައި ދެކޮޅު ހަދައި އިންކާރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭ އިދާރީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަންދެން އެ ޓީޗަރުން ސްކޫލަށް ދިއުން މަނާ ކަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ.

މި ތިން ޓީޗަރުން ސަސްޕެންޓުކޮށްފައިވަނީ ހަތް ދުވަހަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ