ނަޝީދުއާ ސުވާލު ކުރުމުގެ ފުރުސަތު އެންމެންނަށް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ “އާސްކް ސްޕީކާ” ޕްރޮގްރާމްގެ 6 ވަނަ ބައި ޑިސެމްބަރު އެއް ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސަައިފިއެވެ.

މަޖިލީސް އިން ބުނީ މިފަހަރުގެ ޕްރޮގްރާމް އޮންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހުގެ މެންދުރު 14:15 ގައި މަޖިލީސް އިދާރާގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަޖިލީސް އިން ބުނީ ނަޝީދާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ފޮނުވޭ ގޮތަށް ހަމަޖައްސާފައިވާއިރު، މެސެޖް މެދުވެރިކޮށްވެސް ފޮނުވޭނެއެވެ. އަދި ޕްރޮގްރާމްގައި ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޑިސެންބަރު އެއް ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސުވާލު ކުރަން ބޭނުންވާ ފަރާތްތައް ނަން ފޮނުވުމަށް ހުޅުވާލާފައިވާއިރު، ނަން ފޮނުވާނީ 7234566 އަށެވެ.

އަދި މީސް މީޑިއާ މެދިވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން #AskSpeaker ހޭޝްޓެގް ބޭނުންކޮށް ޕޯސްޓް ކުރުމަށް މަޖިލީސް އިދާރާއިން އެދެއެވެ.

މި ޕްރޮގްރާމް ޓީވީތަކުން ވަގުތުން ދުރަށް ދައްކާއިރު، މީސް މީޑިއާ ވަސީލަތްތައް މެެދުވެރިކޮށް ދައްކާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ