ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ،(ސީއެމްސީއޭ)ގެ ކަލްޗަރަލް އެންޑް ޓުރޭނިން ސެންޓަރެއް ހަނިމާދޫގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ހަނިމާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް ވާން ލީޒީން އާއި ސީއެމްސީއޭގެ ފައުންޑަރ މުހައްމަދު ރަޝީދުއެވެ.
ސީއެމަސީއޭގެ މެންބަރުގެ އިތުރުން މިރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލް މެންބަރުންނާ ހަނިމާދޫ ސްކޫލް އިސްދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިދިޔަ އަހަރި ސެޕްޓެންބަރ 14 ވަނަ ދުވަހު ހަނިމާދޫގައި ވަނީ ސީއެމްސީއޭގެ ތިލަދުންމަތީގެ ސަރަހައްދީ އޮފީސް ހުޅުވާފައެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން 2015 ގައި އުފެއްދި ޖަމިއްޔާއެކެވެ.


