އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް ޕްރޮމޯޝަން ދީފި

ޚަބަރު ފަހުގެ

އަށް އަހަރަށްފަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 58 އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމީ ހަފްލާ އޮތީ މިއަދު ހެނދުނުއެވެ. އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ގޮތަށް ބަލާއިރު 21 ފަރާތަކަށް ކޯޕްރަލްގެ މަޤާމް އަދި 21 ފަރާތަކަށް ސަރޖަންޓްގެ މަޤާމް ވަނީ ލިބިފައެވެ. އަދި ސްޓާފް ސަރޖަންޓުގެ މަޤާމް 13 ފަރާތަަށް، ސުޕްރިންޓެންޑެންޓުގެ މަޤާމް 2 ފަރާތަކަށް އަދި ޗީފްގެ މަޤާމް އެއް ފަރާތަކަށް ވަނީ ލިބިފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޕްރޮމޯޝަން ޤަވައިދު ބުނާގޮތުން “އިންރޭންކް ޕްރޮމޯޝަން” ކޮންމެ ދެއަހަރުން އެއްފަހަރު މި ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ދޭންޖެހޭ އިރު، “ރޭންކް ޕްރޮމޯޝަން” ކޮންމެ ތިން އަހަރަކުން އެ ޕްރޮމޯޝަން ހައްޤުވާ ފަރާތްތަކަށް ދޭންޖެހެއެވެ.

ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން “އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު”ގެ ނަމުގައި ވަކި ޚިދުމަތެއްގެ ގޮތުގައި އެ އިދާރާ އުފެއްދީ 2013ވަނަ އަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ