ބޭރުގެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން، ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ “އަސަރީ” ނަމަކަށް ކިޔާ ދޯންޏަކުންކަމަށެވެ. އަދި، އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެގެ 17:25 ހާއިރު ވަނީ ގެނެސްފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފްއިން ވަނީ “އަސަރީ” ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ..

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ