ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

ޚަބަރު ފަހުގެ

މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ މ. ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ނިންމާލައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ 2 ދުވަސް ފަހުން މި މަހުގެ 11 ވަނަ ދުވަހު އެ ގެ ތަޅާލާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓުމަންޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނެކެވެ. އަދި އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

އެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ކްރިޓިކަލް ހާލަތުގައި އޮތް ބިދޭސީ ފިރިހެނަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ނަމަވެސް އެ މީހާގެ ހާލު ރަނގަޅުވެ އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވޯޑަށް ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ