މަސްތުވާތަކެއްޗާއިއެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ފުލުހުންނާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާއި ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި ކަމަށް އަހްމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.

ނަމަވެސް ޖަލު އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅެއް ނުވެއެވެ. އަދި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދެއް ވެސް ވިދާޅެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ