ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޑައިލިސިސް ޔުނިޓުން ޙިދުމަތް ދޭން ފަށައިފިއެވެ.
ޑައިލިސިސްގެ ޙިދުމަތަކީ ކިޑްނީގެ ޚާއްސަ ބައްޔަކަށް ދެވޭ ފަރުވާއެކެވެ. މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު މިފަރުވާދޭން ޖެހެއެވެ.
ޑައިލެސިސްގެ ހިދުމަތް ބ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަށާފައިވަނި ޑައިލިސިސްގެ މިޙިދުމަތް ފޯރުކޮށްދިނުމަށް ތަމްރީން ފުރިހަމަކޮށްފައި ތިބި ދެ ނަރުހުންނާއި އެކުގައި އެވެ. މި ހިދުމަތައް އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކަމަށް ޚާއްސަ އިމާރާތެއް އެޅީ މިއަހަރުއެވެ. މިއަހަރުގެ މެދެއްހާ ހިސާބުގައި ކުރިން މި ޙިދުމަތް ފޯރުކޮށްދިނުމަށް ބ. އަތޮޅު ހޮސްޕިޓަލުން ތައްޔާރީތަކެއްވެސް ވިއެވެ. އެހެން ނަމަވެސް އެ ޙިދުމަތް ފެށުން ލަސްވެގެންދިޔައީ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތަށްކަމަށް އިތުރުވަގުތު ބޭނުންވެގެންނެވެ.
އެހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ބ. އަތޮޅުގައި މި ޚިދުމަތް ހޯދަމުން އަންނަ ބަލިމީހުން މިކަމަށް މިހާރު ކުރާހޭދަ ކުޑަވެގެންދާނެކަމެއްކަމަށެވެ. މީގެ ކުރިން އެއަތޮޅުން ޑައިލެސިސްގެ ހިދުމަތް ބޭނުންވާ ފަރާތްތަށް މި ޙިދުމަތް ހޯދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މާލެ އިންނެވެ.
ބ އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބުތަށް ދައްކާގޮތުން އެއަތޮޅުން މި ޚިދުމަތް ބޭނުންވާ 15 ވުރެ ގިނަ ބަލިމީހުން އެބަތިއްބެވެ.