އަންނަ އަހަރަށް ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ޕްލޭން ފާސްކޮށްފި

ޚަބަރު ފަހުގެ

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އަންނަ އަހަރަށް ރާވައިފައިވާ މަސައްކަތްތަކުގެ ޕްލޭން މިއަދު ފާސްކޮށްފި އެވެ.

މި ޕްލޭން ފާސްކޮށްފައިވަނީ ޖެންޑާ އިކުއަލިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ހައިލެވެލް ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެކްޝަން ޕްލޭން ފާސްކުރެވުނު ފަހުން ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މައުލޫމާތު ސެޝަންތައް ކުރިއަށްގެންދެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެމް.ޖީ.އީ.އެމް ސެޓިފިކޭޝަން ދިނުމަށް ވެސް ނިންމާފަ އެވެ.

އޭގެ އިތުރުން ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެއްކަމުގައި މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ މޮޑެލް (އެމްޖެމް) ވަނީ ފާސްކޮށްފަ އެވެ.

އަންނަ އަހަރަށް ފާސްކުރި މަސައްކަތުގައި ޕްލޭންގައި 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމުގައި ކޮމެޓީގެ މެންބަރުން ވަނީ ބުނެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ