ސައިބާ ކްރައިމްތައް ގާނޫނީ ކުށަކަށް ހަދަނީ

ޚަބަރު ފަހުގެ

ސައިބާ ސްޕޭސްގައި ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައަޅާ، އެ ކުށްތަކާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލުތައް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ގެނައުމަށް ވެސް ނިންމާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ބިލަަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ވެސް ސައިބާސްޕޭސްގައި ކުރާ ކުށްތައް އިތުރުވާތީ ކޮމިޕިއުޓަރު ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމުގައި އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި، ގެންނަ އިސްލާހެއް ކަމަށް އެޖީ އޮޕީހުން ބުނެ އެވެ.

ކަނޑައަޅާ އުސޫލުތައް

– އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި ކޮމްޕިއުޓަރު ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭގޮތުންނާއި ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމާއި ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް އެހީތެރިކަން ބަދަލުކުރުމާއި ކޮންޓެންޓް ޑޭޓާ އިންޓަސެޕްޓްކުރުމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

– ކޮމްޕިއުޓަރު ސިސްޓަމް ނުވަތަ ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށްތަކާ ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރު ގައުމުތަކަށް ވަގުތުން ފޯރުކޮށްދިނުމަށް އަދި ބޭރު ގައުމުތަކުން ރާއްޖެއަށް އެހީ ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމުކުރުމާ ގުޅޭ އުސޫލުތައް ހެދުން.

އިތުރު އިސްލާހުތައް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ދަށުން ޒާތީ މުއާމަލާތް އިންޓަސެޕްޓްކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބައެއް ބާރުތައް ވެސް ލިބޭ ގޮތަށެވެ.

– ސާވިސް ޕްްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިންކުރުމާ ގުޅޭ އިޖުރާއަތް.

– ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތް.

– ކޮމްޕިއުޓަރު ޑޭޓާ ސަބްސްކައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތް.

– ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތް.

– ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތް.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ