ދުނިޔޭގެ ޗެމްޕިއަން ފްރާންސްއަށް މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ނޭޝަނަލް ލީގުގައި ފްރާންސް ވަނީ ހޮނިހިރު ދުވަހުގެރޭ ސްވިޑެން އަތުން 1-0 ން މޮޅުވެފައެވެ.

ސްވިޑެންގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ފްރާންސުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ކީލިއަން އެމްބާޕޭއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި މި މެޗުގެ އިތުރު ވަގުތުގައި ފްރާންސަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ފްރާންސްގެ އެންތަނީ މާޝިއަލްއަށް ސްވިޑެންގެ ވިކްޓަ ލިންޑެލޯފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ