ރޯޔަލް އޮސްޓްރޭލިއަން އެއާ ފޯސްގެ މަތިންދާބޯޓެއް އިމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފި އެވެ.
އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އެއާ-ފޯސް ހާކިއުލީސް ސީ130 މަރުކާގެ އެ ބޯޓު އިމަޖެންސީގައި ޖެއްސީ ބޯޓުގެ އެއް އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
މި މަތިންދާބޯޓު ވީއައިއޭ އަށް ސަލާމަތުން ޖެއްސިއިރު، އެއާޕޯޓާ އައިޖީއެމްއެޗް ވަނީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އިމަޖެންސީއާ ގުޅޭ މައުލޫމާތެއް އަދި އެއަޕޯޓްސް ކޮމްޕެނީއަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.


