ހުޅުމާލޭގެ ފޭސް އެކަކާއި، ފޭސް ދޭއްކާއި ގުޅޭ ސަރަހައްދު މޫދަށް ވެއްޓިފައި އޮތް މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް އާ ގުޅޭ ހިސާބު މޫދުގައި މީހަކު އޮތް ކަމުުގެ ރިޕޯޓް ލިބިގެން މިއަދު ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި އާންމުން ގުޅިގެން އޭނާ މޫދުން ނަގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ވަނީ އައިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ބުނީ ފަޅުތެރެއިން ނަގާފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.


