މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބު ސްޕޯޓްސްކޯ އިންތިޒާމްކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް، އަންނަ ޖެނުއަރީ 13 ވާ ހުކުރު ދުވަހު ހެނދުނު 06:30 ގައި “5K ޓީމް ރަން” ގެ ނަމުގައި ޓީމް ރަން އެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމާ ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
“5K ޓީމް ރަން” ބޭއްވުމުގެ މަޤްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަވެސް ސްޕޯޓްސް ކޯޕަރޭޝަނުންބުންޏެވެ.
މި ރޭހުގައި ބައިވެރިވުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ
އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެން.ޖީ.އޯތަކަށް ވަނީ ހުޅުވާލެވިފައެވެ. ޓީމެއްގައި 5 ދުވުންތެރިން ހިމެނޭނެހެން، ކޮންމެ ޓީމަކުންވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށެވެ. ޓީމުން މިދުވުން ނިންމި ކަމަށް ބެލެވޭނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުންނެވެ.
މިދުވުމުގައި ރެޖިސްޓަރ ކުރުމަށްޓަކައި، ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 12:00 އެވެ. 5k ޓީމް ރަންގެ ހޯސްޓިން ޕާޓުނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.


