ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމުގެ މަޢުލޫމާތު ލިބިގެން މާފުށި ޖަލު ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ކަރެކްޝަނަލް ސާވިސްއާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.
މާފުށި ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާއިރު ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުން ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
އަދި މަކަރާއި ޚީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކަކީ ޖަލަށް ފޯނުވައްދައިގެން ކުރަމުން އަންނަ ކަންތައްކަމަށް ބައެއް އާއްމުންނާއި ކަމާބެހޭ ތަޖުރިބާކާރުން ތުޙުމަތުކުރެއެވެ.