ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސް ކަމަށް އާސިމް

ޚަބަރު ފަހުގެ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފި އެވެ.

އާސިމަކީ އދ. ގެ ޖެނީވާ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބް ރައީސުންގެ ތެރޭގައި އާސިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން އެ ކައުންސިލުގެ ނައިބު ރައީސުންގެ ގޮތުގައި ދެން އިންތިހާބުވީ ގަމްބިއާ، ބޮލީވިއާ އަދި ލަކްސަމްބަގްގެ ބޭފުޅުންނެވެ. ރައީސްގެ މަގާމަށް އިންތިހާބުކުރީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ.

މި ބޭފުޅުން އެ ކައުންސިލް ހިންގަވަން ފައްޓަވާނީ އަންނަ އަހަރުން ފެށިގެންނެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންވަނިކޮށް އާސިމް، ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް އައްޔަންކުރެއްވީ ޖުލައި، 2020 ގަ އެވެެ. ޔުނިސެފާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތްކުރައްވައިފަ އެވެ.

އޭނާއަކީ ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ