ޕޮލިސް ބޯޑަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި

ޚަބަރު ފަހުގެ

ޕޮލިސް ބޯޑުން ހުސްވެފައިވާ ގޮނޑިއަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ފަސީހު އައްޔަންކުރައްވައިފިއެވެ.

ޕޮލިސް ބޯޑުން ގޮނޑިއެއް ހުސްވީ ކުރިން އެ ބޯޑުގެ ރައީސްގެ މަޤާމުގައި ހުންނެވި އަލީ ފާއިޒު ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަންކުރެއްވުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފާއިޒު އެ މަޤާމަށް އައްޔަންކުރުމާމެދު މަޖިލީހުގެ ރައުޔަ ހޯއްދެވުމަށް ރައީސް ޞާލިޙު ފޮނުއްވުމުން އޭނާއަށް ރުހުންދޭން ފާސްކުރީ ނިމުނު ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެވުނު ފަސީހަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގި ކަންކަމުގެ ތެރެއިން ރައީސް ނަޝީދު މަޤާމުން އިސްތިއުފާދެއްވިއިރުވެސް ކޮމިޝަނާ އޮފް ޕޮލިސްއެވެ. ފަސީހުވަނީ ފަހުން އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ