ޝިއާއު މަރާލި މައްސަލާގައި ދައުވާކުރުމާމެދު މިމަހު ގޮތެއް ނިންމަނީ

ޚަބަރު ފަހުގެ

މިދިޔަ އޯގަސްޓްމަހު ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާކުރުމާއިމެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށާއި ޝިއާއު މަރަށް ހުށަހެޅުނީ އޭނާއަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެރޭ އެތަނުން އޭނާގެ ހަށިގަނޑު ގެންދިޔައީ ދެ ބޮޑީ ބޭގަށް އަޅައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަރުގެ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް (23އ)އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މިމައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ދައުވާކުރުމާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން މައުލޫމާތު ދިން ދުވަހު ފުލުހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައަށް ޝާހިލްގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ލިބިފައި ނުވާކަމަށާއި ނަމަވެސް އޭނާގެ ފޯނު ހުޅުވާ، އޭގެ ޑާޓާތައް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ ޝާހިލް، ޝިއާއު މަރާލިކަން ސާބިތުވާނެ ވަރަށް އެކަށީގެންވާ ހެކި ހުރިކަމަށާއި ނަމަވެސް މައްސަލާގައި ދައުވާ ނުއުފުލައި މަޑުޖައްސާފައި ވަނީ ހަމަލާގެ މޯޓިވް ދެނެގަތުމަށްކަމަށެވެ. ފުލުހުން ބުނިގޮތުގައި ފޯނުގެ ޑާޓާތައް މުހިންމުވަނީ އެސަބަބަށްޓަކައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ