ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށި ހިދުމަތްތައް ނައިބް ރައީސް އިފްތިތާހުކޮށްދެއްވައިފި

ޚަބަރު ފަހުގެ

ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށި ހިދުމަތްތައް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވާފައިވަނީ މިއަދު ސ. އަތޮޅު މަދަރުސާގައި ބޭއްވުނު ހާއްސަ ޖަލްސާއެއްގަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ހިދުމަތްތައް ފުޅާކުރުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލަށް މިފެށުނު ހިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.

ހުޅުމީދޫ ސއްހީ މަރުކަޒުގައި އަލަށް ފަށާފައިވާ ހިދުމަތްތަކުގެ ތެރޭގައި ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާއާ ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ހިދުމަތާއި ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ހިދުމަތް ހިމެނެ އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތްދެ އެވެ. 16 އެނދުގެ މި ސިއްހީ މަރުކަޒު ހިންގަމުންދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ދަށުންނެވެ

އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ