ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުން ދިޔަ އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ ޒުވާން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައި ވަނީ އައްޑޫ ސިޓީ ހުޅުދޫ ސީނިއަސްރުމާގެ މުހައްމަދު ޖައިލަމް 34އ. އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:54 އެހާއިރެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެ ޒުވާނާ ހުކުރު ދުވަހުގެ ރޭ 19:14 އެހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން އިން ބުނެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ދިރިއުޅެމުން އައީ ހުޅުމާލެ ފޭސް ދޭއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ