ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

ކުޅިވަރު ފަހުގެ

ރާއްޖޭގެ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމު ސިންގަޕޫރުގެ ގައުމީ ޓީމާއެކު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 3-1 ގެ ނަތީޖާ އަކުން ބަލިވެއްޖެއެވެ.

މިއީ އެއް ހަފުތާތެރޭ ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. މިދިޔަ ބުދަ މެލޭޝިއާ އަތުން ރާއްޖެ ބަލީވީ 3-0 ންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗު ފެށިގެން 4 ވަނަ މިނެޓްގައި ސިންގަޕޫރުން ވަނީ ލީޑް ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ އިލްހާން ފަންޑީ އަހުމެދެވެ.

ސިންގަޕޫރަށް ލީޑްނަގައިގެން އޮންނަން ދިވެހި ޓީމުން ފުރުސަތެއް ނުދިނެވެ. ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ހަމްޒާ ނެގި ކޯނަރު ބޮލުން ފޮނުވާލައި އިއްބެ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

އެކަމަކު ސިންގަޕޫރުން ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްފަ އެވެ. އެ ޓީމަށް ލީޑް ނަގައިދީ ލީޑް ފުޅާކޮށް ދިނީ ޝަވާލް އަނައުއާ އެވެ. ދެވަނަ ހާފުގެ ފެށިގެން ހަ ވަނަ މިނެޓްގައި އޭނާ ސިންގަޕޫރަށް ލީޑް ނަގައިދިނެވެ. އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލީ 87 ވަނަ މިނެޓްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ