އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ދިވެހި ފުލުހުން އިންޑިއާއަށް ފުރައިފި

ޚަބަރު ފަހުގެ

އިންޑިއާގެ ހައިދަރުއާބާދުގައި 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އިއްޔެ އިންޑިއާއަށް ފުރައިފިއެވެ.

އެއީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާއިރު މައިގަނޑު ގޮތެއްގައި ކޯސް ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ.

އެގޮތުން ފިޒިކަލް ޓްރެއިނިންގ އާއި ވެޕަން ޓްރެއިނިންގެ އިތުރުންވެސް މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެއެވެ.

އޭގެ އިތުރުންވެސް، ގާނޫނުގެ ބައިތަކާއި ތަހުގީގުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިންގ، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ