ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ އަށް

ޚަބަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ފްރާންސްގެ ކީލިއަން އެމްބާޕޭ ހޯދައިފިއެވެ.

އެމްބާޕޭ ރަން ބޫޓު ހޯދީ ފައިނަލް މެޗުގައި އޭނާ ހެދި ހެޓްރިކާއެކު އެވެ. މުބާރާތުގައި އެމްބާޕޭ ވަނީ ޖުމުލަ އަށް ލަނޑު ޖަހާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ހަތް ލަނޑު ޖަހައިގެން މެސީއެވެ. ފައިނަލްގައި ހެދި ހެޓްރިކާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ އަކީ ވޯލްޑް ކަޕްގައި ދިހަ ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަަކަށް ހޮވުނީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ. މިއަހަރުގެ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަަކަށް ހޮވުނީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ