ސާއްބަ އެނިވަރސަރީ ކަޕް 2022 ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރި ކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ހޮވިފައިވާ ނާޒިޔާ ހަސަނެވެ.
މި މުބާރާތުގައި ޖުމުލަ 7 ޓީމަކުން ބައިވެރިވެފައިވާއިރު މިއަދު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޝީލްޑް އަދި އަހުލީ އެވެ. މިމެޗު ނިމުނީ 2-2 ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ.
މެޗު ފަށައިގެ މާގިނައިރުނުވަނީސް ޝީލްޑްގެ އަބޫބަކުރު ޝިއްދީގު ވަނީ ލަޑެއްޖަހާފައެވެ. އެއީ މެޗުގެ 5 ވަނަ މިނެޓުގައެވެ. އެއް ލަނޑުން ކުރީގައި ކުޅެމުންދިޔަ ޝީލްޑް ކޮޅުގެ ގޯލު ފޫދުއްވާލީ މެޗުގެ 21 ވަނަ މިނެޓުގައި އަހުލީގެ ޠާޙާ ހަލިދުއެވެ. ނަމަވެސް މާގިނައިރެނުވެ އުޅެނިކޮށް ވަނީ އަހުލީ ހުސެއިން ނިއުޝާދުގެ އަތުން ބައިކޮޅައް ލަނޑެއް ވަދެފައެވެ. ފުރަތަމަ ހާފް 2-1 ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން 7 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން އަހުލީ ވަނީ ނަތީޖާ 2-2 އަކުން އެއްވަރުކޮށްފައެވެ. އެލަނޑު ޖެހީ އަހުލީގެ 10 ނަންބަރު އަލީ ހުސައިންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
މާދަމާވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ރޫހް އަދި ފެލްކަންއެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:50 ގައެވެ.


