ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ސާއްބަ އެނިވަރސަރީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ 2ވަނަ މެޗު ރޫހުން ފަސޭކަމާއެކު ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ރޫހް މޮޅުވީ ފެލްކަން އާ ބައްދަލުކޮށް 6-1 ލަނޑުންނެވެ.
ރޫހުގެ 6 ލަނޑުތެރޭ 2 ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ޝިނާންއެވެ. އަނެއް 4 ލަނޑު ކާމިޔާބު ކޮށްދިނީ ސަލީމް މުޙައްމަދެވެ. ފެލްކަންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ނިހާންއެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޔޫތު ފުރެންޑްސް އާއި ޔުނީފޯމްއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި މާދަމާ 16:00 ގައެވެ.


