ވާދޫގައި ސަރުކާރުން ބިނާކުރި އައު މިސްކިތް އިސްލާމިކް މިނިސްޓަރ ހުޅުވައިދެއްވައިފި

ޚަބަރު ފަހުގެ

ރ. ވާދޫގައި ސަރުކާރުން ބިނާކުރި އައު މިސްކިތް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

“މަސްޖިދް އުޘްމާން ބިން ޢައްފާން” ގެ ނަމުގައި ހުޅުވި މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގަ ފެށުނު ނަމަވެސް މަޝްރޫޢު ނިންމަން ހަމަޖެހިފައިވާ ތާރީޚަށް ނުނިމުމުން މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ނިންމާފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ޖުމްލަ 5.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ