6 ވަނަ ޓީޗާސް ކޮންފަރެންސް ފަށައިފި

ޚަބަރު ފަހުގެ

ހަ ވަނަ ޓީޗާސް ކޮންފަރެންސް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ ހަ ވަނަ “އިންޓަނޭޝަނަލް ޓީޗަސް ކޮންފަރެންސް” ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

24 އަދި 25 ގައި ކުޅުދުއްފުށި ސިޓީގެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ އެ ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސް އެކެވެ. އަދި މި ކޮންފަރެސް އެންމެ ފަހުން ބާއްވާފައި ވަނީ 2019 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.

މި އަހަރުގެ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝްއާއި އިންޑިއާއާއި މެލޭޝިއާ އަދި ތުރުކީ ހިމެނެއެވެ. އަދި 6 ވަނަ “އިންޓާނޭޝަނަލް ޓީޗާސް ކޮންފަރެންސް” ގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވޯކްޝޮޕް ކުރިއަށް ދާނެ ކަމަށާއި ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ