އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯމު ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވަމުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ވިދާޅުވީ ރައީސް ފޯމް ހުށަހެޅުއްވީ 20 ހާހަށްވުރެ ގިނަ މެންބަރުންގެ ތާއީދާއިއެކުގައި ކަމަށެވެ.
ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުން ހޯދި ތާއީދު ފޯމުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.


