މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 17 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތައް 10 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ އިތުރުން ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.


