ފުޓްސަލް ގޯލެއް ކަނދުރާ މައްޗަށް ވެއްޓި ކުއްޖަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ހއ. އުލުގަމުގައި ފުޓްބޯޅަ ކުޅެން އުޅުނު ކުއްޖެއްގެކަނދުރާ މައްޗަށް ފުޓްސެލް ގޯލެއް ވެއްޓި ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.

އުލިގަމް ސިއްހީ މަރުކަޒުގެ މެނޭޖަރު އަހްމަދު ރަޝީދު އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުޅެން އުޅުމުގެ ތެރޭގައި ގައިމައްޗަށް ގޯލެއް ވެއްޓިގެން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު މިއަދު އެ މަރުކަޒަށް ގެނައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެނައިއިރުވެސް އަނގައިންނާއި ނޭފަތުން އަދި ކަންފަތުން ވެސް ލޭ އަންނަމުން ދިޔަ ކަމަށް އުލިގަމު ސިއްހީ މަރުކަޒުން ބުނެފައިވެއެވެ.

މަރުކަޒުން ދެވެން ހުރި ހުރިހާ ފަރުވާއެއް ދިން ނަމަވެސް މާ ގިނައިރުތަކެއް ނުވެ އެ ކުއްޖާ ނިޔާ ވެފައިވާކަމަށް ޑޮކްޓަރާ ހަވާލާ ދެއްވާ އުލިގަމް ސިއްހީ މަރުކަޒުގެ މެނޭޖަރު އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ