އިދިކޮޅު ކޯލިޝަން – ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފި އެވެ.
އިދިކޮޅުން މުޒާހަރާއަށް ނިކުމެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ހުކުމްކުރަން މިއަދު ކޯޓަށް ހާޒިރުކުރާތީ އެވެ.
މުޒާހަރާކުރަމުންދާ މީހުން ބުނާ ގޮތުގައި ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫނެވެ. އެހެންވެ އެމީހުން ގޮވަމުންދަނީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށެވެ.
ކްރިމިނަލް ކޯޓުގެ ކައިރީގައި ޕީޕީއެމް/ޕީއެންސީން މިހާރު ކުރިއަށް ގެންދާ އެއްވުމުގައި އެ ދެޕާޓީގެ އާއްމު މެމްބަރުންގެ އިތުރުން ބައެއް އިސް ފަރާތްތައް ވެސް ހިމެނެ އެވެ.
ޔާމީނަށް ހުކުމް ކުރުމަށް ޓަކައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑު އެހުން ފުރަތަމަ ތާވަލުކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އަދި ކޯޓަށް ހާޒިރެއް ނުކުރެ އެވެ.


