ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ތަކެތި އައްޑޫން ހޯދައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީ ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކެޑެމީ ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އާ އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އޮޕަރޭޝަނުގައި ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ