ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެގިކަމުގެ ކުށް ސާބިތުވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެގި ކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާރަށް މައްސަލާގައި ޔާމީނަށް ދައުވާކުރީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކްރިމިނަލް ކޯޓުން ވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭއިރު، ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް އެވަރުގެ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް އެއްވެސް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

އެކަމަކީ ސިޔާސީ ކަމަކަށް ލިބުނު ފައިސާއެއް ކަމަށް ބެލިޔަސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އޮންނަ ގޮތުން ސިޔާސީ ކަންކަމަށް ލިބޭ ފައިސާއަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާތަކެއް ކަމަށް ހުކުމުގައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ