ޔާމީންގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ނުދެއްކި

ޚަބަރު ފަހުގެ

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ އިއުތިރާޒުތަކެއް ނަގާފައެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތު ކުޑަކަން ފާހަގަކޮށް ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފައެވެ.

“އެހެންކަމުން މި ހާލަތުގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކުރާކަމުގައި ދަންނަވަމުން އިށީންނަން.” ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ނުދައްކާ ވަކީލު އިށީނުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ، ޔާމީންގެ ފަރާތުން އަދަބާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ނެތީކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ