އާރަށުގެ މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ހުކުމްކޮއްފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އައި އެ ހުކުމް ދެމިއޮތްހާ ހިނދަކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެ އެވެ.
މި މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި އަށް އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.
އެ މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ރިޝްވަތުގެ ކުށުގައި ޔާމީނަށް ކަނޑައެޅޭނީ ހަތަރު އަހަރުގެ ޖަލު އަދަބެއް ކަމަށެވެ.
އެއީ އެމަނިކުފާނު ކުށް ކޮށްފައިވަނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ކަމަށްވާތީ އާއި އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ވެފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރުމަށްފަހު ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އަދަބު ލުއިކުރަން އެދިފައިވެ އެވެ.
އެހެން ނަމަވެސް ރޭވިގެން ކުށް ކޮށްފައިވާތީ އާއި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންކޮށްގެން ކުށް ކޮށްފައިވާތީ ޔޫސުފް ނައީމްގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް އިސްގާޒީ ކުރެއްވި ހުކުމުގައިވެ އެވެ.
މި މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި އަށް އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.
އަދަބާ ބެހޭގޮތުން ޔާމީންގެ ފަރާތުން ވާހަކައެއް ނުދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަކަށް ފަސް ނުކުރާތީ އެވެ.


